Baabu LogoBaabu Logo
ބާބު
ގެލެރީޕޯސްޓްސްވީޑިއޯ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ދީން
  • ދުނިޔެ
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ގެލެރީ
  • ވީޑިއޯ
  • ޕޯސްޓްސް

Socials

  • X / Twitter
  • Facebook
  • Instagram
  • YouTube
އާންމު ހަބަރުރިޕޯޓްވިޔަފާރިކުޅިވަރުދީންދުނިޔެވާހަކަމުނިފޫހިފިލުވުން
ދުނިޔެGaza

ޣައްޒާގެ 50 ކުޑަކުދިން ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް

B
Baabu•
24 ނޮވެމްބަރު 2026، 06:38
ޣައްޒާގެ 50 ކުޑަކުދިން ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް
ގާޒާގެ ކުޑަކުއްޖެއް

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި، ނުރައްކާތެރި އަދި ވޭނީ އަނިޔާތަކެއް ލިބިފައިވާ ފަލަސްތީނުގެ ކުޑަކުދިންތަކެއް، އިތުރު ފަރުވާ ހޯދުމަށްޓަކައި އިނގިރޭސިވިލާތަށް މިއަދު ގެންގޮސްފިއެވެ.

މި އިންސާނީ މިޝަންގެ ދަށުން މިއަދު އިނގިރޭސިވިލާތަށް ގެންގޮސްފައިވަނީ ފަލަސްތީނުގެ 50 ކުޑަކުދިންނެވެ. މިއީ އެ ކުދިންނަށް ބޭނުންވާ ޚާއްސަ ސިއްހީ ފަރުވާ ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގްވާމީ އެހީދޭ ޖަމިއްޔާތަކުގެ އިތުރުން، އުރުދުންގައި ހުންނަ އިނގިރޭސި އެމްބަސީގެ ވިލަރެސްކުރުމުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގައި، ކުދިންނާއި އެމީހުންގެ އާއިލާތަކުން ވަނީ އިނގިރޭސިވިލާތަށް ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ސަލާމަތީ އަދި ސިއްހީ ހަރުކަށި މިންގަނޑުތަކެއް ފުރިހަމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ކަނޑައެޅިފައިވާ ތާވަލުގެ ދަށުން، ކުރިއަށް އޮތް މަސްތަކުގައި ފަލަސްތީނުގެ އިތުރު ކުދިން ވައިގެ މަގުން އިނގިރޭސިވިލާތަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބަންޑް ވިދާޅުވީ، ޣައްޒާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، އިސްރާއީލުގެ އޮފިޝަލުންނަށް ކުރަމުންދާ ފިއްތުންތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ކުދިންނަށް ކުރިމަތިވެފައިވަނީ ތަސައްވަރު ކުރަންވެސް ދަތި، އިންތިހާ ދަރަޖައިގެ ވޭނީ ހާލަތްތަކެއް. އެ ކުދިންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެއްވެސް ލަސްކުރުމެއްނެތި ލިބެންޖެހޭ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ،" ކަމާބެހޭ ފަރާތްތަކުން ހާމަކުރެއްވިއެވެ.

މިލިބަންޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގެ ހޮސްޕިޓަލްތައް ސުންނާފަތިވެފައިވާ މި ދަނޑިވަޅުގައި، ފިނިމޫސުން ބޯމަތިވަމުން އައުމަކީ ހާލުގައި ޖެހިފައިވާ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ހާލަތު އިތުރަށް ގޯސްވެ، ނުރައްކާވެދާނެ ކަމެކެވެ.

"އަޅުގަނޑުމެން މި ކުދިންނާއި އެކުދިންގެ އާއިލާތަކަށް އިނގިރޭސިވިލާތުގެ ގައުމީ ސިއްހީ ހިދުމަތް (އެންއެޗްއެސް) އިން އަވަސް ފަރުވާ ހޯދުމަށް އައުމުން މަރުހަބާ ކިޔަން. މިއީ ޣައްޒާގައި އޮތް އިންސާނީ ކާރިސާގެ ބިރުވެރި މިންވަރު މުޅި ދުނިޔެއަށް ހަނދާންކޮށްދޭ ކަމެއް. އެމީހުންނަށް މިއީ ސިއްހީ ގޮތުން ރަނގަޅުވުމުގެ އުންމީދީ ދަތުރެއްގެ ފެށުން،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ހާލަތު އަދިވެސް އޮތީ ނުހަނު ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އިސްރާއީލު ސަރުކާރަށް ބާރުއަޅައިގެން ބޭހާއި ޒަރޫރީ ސާމާނު ޣައްޒާއަށް ވެއްދުމަށާއި، އެ ސަރަހައްދުގެ ސިއްހީ ނިޒާމު އަލުން އާރާސްތުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ބައިނަލްއަގްވާމީ މައިދާނުގައި ކުރާނެ ކަމަށެވެ.

ޚިޔާލު / ކޮމެންޓް

ގުޅުން ހުރި ޚަބަރުތައް

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 74،772 އަށް އަރައިފި

05:28

އާ އަހަރަށްފަހު އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަނީ

04:54

ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޗައިނާގައި ޑްރޯން ގެންގުޅުން މަނާކޮށްފި

13:42
އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ފަހުގެ ޚަބަރު

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

29 ނޮވެމްބަރު 2026

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

29 ނޮވެމްބަރު 2026

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

29 ނޮވެމްބަރު 2026

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

29 ނޮވެމްބަރު 2026

މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

29 ނޮވެމްބަރު 2026
Baabu Logo
ބާބުBaabu Online

ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު، ކެނޑިނޭޅި ތެދުވެރިކަމާއެކު ގެނެސްދޭ ޑިޖިޓަލް ނޫސް.

ސޯޝަލް މީޑިއާ

ބާބުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް ވަގުތުން ހޯއްދަވާ.

© 2026 ބާބު އޮންލައިން (Baabu Online). ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައި.

ބާބު އާއި ބެހޭޕްރައިވަސީ ޕޮލިސީބޭނުންކުރުމުގެ ޝަރުތުތައްގުޅުއްވާ