Baabu LogoBaabu Logo
ބާބު
ގެލެރީޕޯސްޓްސްވީޑިއޯ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ދީން
  • ދުނިޔެ
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ގެލެރީ
  • ވީޑިއޯ
  • ޕޯސްޓްސް

Socials

  • X / Twitter
  • Facebook
  • Instagram
  • YouTube
އާންމު ހަބަރުރިޕޯޓްވިޔަފާރިކުޅިވަރުދީންދުނިޔެވާހަކަމުނިފޫހިފިލުވުން
ހަބަރުPolice

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

A
އަބްދުއްލާ ޖަލާލް•
29 ނޮވެމްބަރު 2026، 08:01
15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި
15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ "ސްޕީޑް ބޯޓް ޑްރައިވިންގ ކޯސް -1" ނިންމާލައިފިއެވެ.

ކޯސް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރެވެ.

މި ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާނާއި، ކޮލެޖާއި މެރިން ޕޮލިހުގެ އިސްވެރިންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

އޮގަސްޓު 9 އިން ފެށިގެން 83 ދުވަހުގެ މުއްދަތަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ކޯހުން 1 ވަނަ ހާސިލުކޮށްފައިވަނީ ސާޖަންޓް އަޙްމަދު ޖޫދު ޠާހިރެވެ. މި ކޯހުގައި މި ޚިދުމަތުގެ 15 މުވައްޒަފުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފުލުހުންނާއި ސިވިލް ތިން މުވައްޒަފުންނެވެ. މި 15 މުވައްޒަފުންނަކީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ، ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ހުއްދަލިބިފައިވާ އަދި ފުލުހުންގެ މަސައްކަތުގައި ކަނޑުތަކަށް ނުކުންނަން ކެރޭ ހީވާގި ކެޕްޓަނުންނެވެ.

ހަތް މޮޑިއުލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމާއި، މެރިޓައިމް ނެވިގޭޝަނާއި، އިންޓަނޭޝަނަލް މެރިޓައިމް ލޯ އަދި އުޅަނދު ފަހަރުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކުދި މަރާމާތުތައްކުރަން ދަސްކޮށްދިނުމުގެ އިތުރުން އުޅަނދު ފަހަރުގެ ހަލް މަރާމާތުކޮށް ދިގުމުއްދަތަކަށް ބެލެހެއްޓޭނެ ގޮތްތަކާއި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުކުޅުތައް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކާއި މީހުން ސަލާމަތްކުރުމުގައި އަމަލުކުރާނެގޮތާއި އެހީތެރިކަން ފޯރުކޮށް ދޭނެގޮތުގެ އިތުރުން ކަނޑުތަކުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޕޮލިސިންގެ ދައުރު އަދާކުރާނެ ގޮތްތަކާއި، ސީން ތަކަށް އެޓެންޑުވުމުގައި ޕްލޭން އެކުލަވައިލައި އަދި ޗާޓުކުރަހައި ސާޗިންގ ޕެޓާން ތައްޔާރުކުރާނެގޮތާއި، ދަތުރު ޕްލޭންތައް ހެދުމާއި ކަނޑުމަތިން އެޓެންޑުވާ ސީންތަކުގައި ފަސްޓް އެއިޑް ފޯރުކޮށްދޭނެގޮތްތައް އުނގަންނައިދީފައިވެއެވެ.

ހަމަ އެހެންމެ، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުގެ ދިރުންތަކާއި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި މޫސުމީގޮތުން ނެރޭ އިންޒާރުތަކުގައި އަމަލުކުރާނެ ގޮތާއި، މޫސުމަށް ބަލައިގެން ރައްކާތެރިގޮތުގައި ދަތުރުކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ދަސްކޮށްދީފައިވެއެވެ. އަދި ފުލުހުންގެ އުޅަނދުފަހަރު ގެންގުޅުމާއި ބޭނުންކުރުމުގައި ހެދިފައިވާ އުސޫލުތަކާއި ހިދުމަތުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރު ދުއްވަން ދަސްކޮށްދިނުމާއި އައުޓްބޯޑު އުޅަނދުފަހަރުގެ އިތުރުން އިންބޯޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނަގައިދީފައިވެއެވެ.

ޚިޔާލު / ކޮމެންޓް

ގުޅުން ހުރި ޚަބަރުތައް

ވިލިމާލޭގައި ކައިވެނީގެ ބޭރުން އަންހެނަކު ވިހެއި މައްސަލައެއް، އެއް ކުއްޖަކު ނިޔާވެއްޖެ

03:44

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

09:28

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

07:41
އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ފަހުގެ ޚަބަރު

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

29 ނޮވެމްބަރު 2026

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

29 ނޮވެމްބަރު 2026

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

29 ނޮވެމްބަރު 2026

މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

29 ނޮވެމްބަރު 2026

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ފޮރިން މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވައިފި

29 ނޮވެމްބަރު 2026
Baabu Logo
ބާބުBaabu Online

ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު، ކެނޑިނޭޅި ތެދުވެރިކަމާއެކު ގެނެސްދޭ ޑިޖިޓަލް ނޫސް.

ސޯޝަލް މީޑިއާ

ބާބުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް ވަގުތުން ހޯއްދަވާ.

© 2026 ބާބު އޮންލައިން (Baabu Online). ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައި.

ބާބު އާއި ބެހޭޕްރައިވަސީ ޕޮލިސީބޭނުންކުރުމުގެ ޝަރުތުތައްގުޅުއްވާ