Baabu LogoBaabu Logo
ބާބު
ގެލެރީޕޯސްޓްސްވީޑިއޯ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ދީން
  • ދުނިޔެ
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ގެލެރީ
  • ވީޑިއޯ
  • ޕޯސްޓްސް

Socials

  • X / Twitter
  • Facebook
  • Instagram
  • YouTube
އާންމު ހަބަރުރިޕޯޓްވިޔަފާރިކުޅިވަރުދީންދުނިޔެވާހަކަމުނިފޫހިފިލުވުން
ރިޕޯޓްworkplace

މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

A
އަބްދުއްލާ ޖަލާލް•
29 ނޮވެމްބަރު 2026، 06:54
މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން
މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

އިންސާނާގެ ކަރާމާތާއި ޒާތީ މިނިވަންކަމަކީ އިސްލާމްދީނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. މުވައްޒަފަކު ވަޒީފާއެއް އަދާކުރަނީ އޭނާގެ ޢިލްމާއި ހުނަރާއި ވަގުތު ދީގެން ޙަލާލު ގޮތުގައި ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށެވެ. ނަމަވެސް، ހިތާމައަކީ މިއަދުގެ ބައެއް މަސައްކަތުގެ މާހައުލުތަކުގައި، ވެރިންގެ ފަރާތުން މުވައްޒަފުންނާ މެދު އަޅުންގެ ގޮތުގައި ދެކިގެން މުޢާމަލާތްކުރަމުންދާ ހިތި ޙަޤީޤަތް ފެންނަމުންދާ ކަމެވެ. މިއީ އިންސާނިއްޔަތުކަމެއް ނެތް، ވަޒީފާގެ މާހައުލު ވިހަކޮށްލާ ނުރައްކާތެރި ޢަމަލެކެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކަންކަން މަޖުބޫރުކުރުވުމަކީ މިފަދަ އަނިޔާވެރިކަމުގެ ފެށުމެވެ. ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް، ކުޅަދާނަ ނުވާވަރުގެ މަސައްކަތްތައް ޙަވާލުކޮށް، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުދައްކައިގެން މަސައްކަތް ކުރުވުމަކީ ޢާންމު ކަމަކަށް ވެއްޖެއެވެ. މީގެއިތުރުން، އެންމެ ބޮޑު އެއް ބޭއިންސާފަކީ މުސާރަ ލަސްކުރުމާއި، މުސާރަ ނުދީ މަސައްކަތް ކުރުވުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ މަސައްކަތްތެރިޔާގެ ދާހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދިނުމަށެވެ. އެހެންނަމަވެސް، ކުންފުންޏަށް ވަންނަ ފައިސާ ވެރިންގެ އަމިއްލަ ޒާތީ ކަންކަމަށާއި އުފަލާއި އަރާމަށް ބޭނުންކުރަމުންދާއިރު، ދެއަތް އުރާލައިގެން މުވައްޒަފުންނަށް ދޭންޖެހޭ ޙައްޤު މުސާރަ ނުދީ ހިފެހެއްޓުމަކީ ވޭންދެނިވި އަނިޔާއެކެވެ.

މާލީ ގޮތުން ދޭ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުން މުވައްޒަފުން ބަލިކަށިކޮށްލުމަކީ އަޅުވެތިކުރުމުގެ ބޮޑު ބައެކެވެ. މުވައްޒަފުން ކުރާ އެއްވެސް ރަނގަޅު ކަމެއް ފާހަގަކޮށް ހިތްވަރު ދިނުމެއް ނެތި، އަބަދުވެސް ކުދިކުދި ގޯސްތައް ހޯދައިގެން އެއްޗެހި ކިޔުމާއި، އެއްވެސް އިޙްތިރާމެއް ނެތި މީހުންގެ ކުރިމަތީގައި ބޭޒާރުކުރުމަކީ މުވައްޒަފުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާ ކަމެކެވެ. ހަމައެއާއެކު، އޮފީހުގެ ތެރޭގައި ތަފާތުކުރުން ގެންގުޅެ، ވެރިޔާއާ ގާތް މީހުންނާއި އޭނާގެ އަރިސް މީހުންނަށް ހުރިހާ ފުރުޞަތުތަކާއި ޢިނާޔަތްތައް ފަހިކޮށްދީ، ބުރަކޮށް މަސައްކަތްކުރާ ނިކަމެތި މުވައްޒަފުން އެކަހެރިކޮށް ނިކަމެތިކޮށްލުމަކީ ނަފްސާނީ ގޮތުން އިންތިހާއަށް އަސަރުކުރާ ކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

މި އަނިޔާވެރިކަމުގެ އެންމެ ނުބައި އެއް ޞޫރައަކީ، މުވައްޒަފުންގެ ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެގޮތުން، ކުންފުނީގެ ވެރިން އަމިއްލައަށް ނުވަތަ ކުންފުނީގެ ނަމުގައި ބޮޑެތި ޢަދަދުތަކުން މުވައްޒަފުން ލައްވާ ލޯނު ނަގުވައި، އެ ލޯނުތަކަށް ފައިސާ ނުދައްކައި ފިލައި، މުވައްޒަފުން ބޮޑެތި ދަރަނިތަކުގެ ތެރޭގައި ތާށިކޮށްލުމަކީ އިންތިހާއަށް ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި މުސާރަ ނުދޭ ތަނުގައި، މުވައްޒަފުންގެ އަތުން ލޯނުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ އަނބުރާ ނުދީ، އެމީހުން ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ޒަމާނީ އަޅުވެތިކަމުގެ އެންމެ ހުތުރު މިސާލެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، މުވައްޒަފުންނަކީ މުއައްސަސާއެއްގެ އެންމެ އަގުބޮޑު ރައުސްމާލެވެ. އެމީހުންނާ މެދު އަޅުންގެ ގޮތުގައި ދެކި، ޙައްޤުތަކުން މަޙްރޫމްކޮށް، ނަފްސާނީ އަދި މާލީ ގޮތުން އަނިޔާވެރިވުމަކީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި ޢަދުލުއިންޞާފާއި، އޯގާތެރިކަމާއި، އިޙްތިރާމް ޤާއިމުކުރުމަކީ ކޮންމެ ވެރިއެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން ޤާނޫނު ތަންފީޒުކޮށް، މުވައްޒަފުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭން ޖެހެއެވެ.

ޚިޔާލު / ކޮމެންޓް

ގުޅުން ހުރި ޚަބަރުތައް

ދިވެހި ރާއްޖޭގެ ޖުމްހޫރި ދުވަހަށް ނަޒަރެއް!

06:58

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

09:28

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

08:01
އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ފަހުގެ ޚަބަރު

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

29 ނޮވެމްބަރު 2026

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

29 ނޮވެމްބަރު 2026

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

29 ނޮވެމްބަރު 2026

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

29 ނޮވެމްބަރު 2026

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ފޮރިން މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވައިފި

29 ނޮވެމްބަރު 2026
Baabu Logo
ބާބުBaabu Online

ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު، ކެނޑިނޭޅި ތެދުވެރިކަމާއެކު ގެނެސްދޭ ޑިޖިޓަލް ނޫސް.

ސޯޝަލް މީޑިއާ

ބާބުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް ވަގުތުން ހޯއްދަވާ.

© 2026 ބާބު އޮންލައިން (Baabu Online). ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައި.

ބާބު އާއި ބެހޭޕްރައިވަސީ ޕޮލިސީބޭނުންކުރުމުގެ ޝަރުތުތައްގުޅުއްވާ